ދައުލަތުން އެތައް ބިލިޔަނެއް ހަރަދުކޮށް، ބިނާ ކުރި ’ވިލުފުށި‘ އާބަން ސެންޓަރަކަށް ނުވި!
ދެންމެ | 09 ނޮވެމްބަރ 2024

ތ. ވިލުފުއްޓަކީ، ސުނާމީއަށް ފަހު، އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރިި ރަށެވެ.

އެރަށުގެ އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް 2 ބިލިއަން ރުފިޔާ ހޭދަވި އިރު، މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރާ ލިސްޓުގައި އެރަށެއް ނުހިމެނުނެވެ.

ވިލުފުއްޓަކީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު، ސޭފްއައިލެންޑް ކޮންސެޕްޓްގެ ދަށުން ތަރައްޤީކުރަން ފެށުނު ރަށެކެވެ.

 

ސޭފް އައިލެންޑް ކޮންސެޕްޓްގެ ދަށުން ތަރައްޤީ ކުރަން 2005 ވަނަ އަހަރު ކަނޑައެޅި ރަށްތަކަކީ:

1- ރ. ދުވާފަރު

2. މ. މުލި

3. ދ. ކުޑަހުވަދޫ

4. ތ. ވިލުފުށީ

5. ގއ. ވިލިގިލި.

ޤައުމީ ތަރައްޤީގެ ޕްލޭންތަކަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން އިޢުލާނުކުރި 7 ރަށުގެ ތެރޭގައި ލައްވާލި، ކުރިން އިއުލާނު ކުރެވިފައިވާ ސޭފް އައިލެންޑް ކޮންސެޕްޓްގައި ހިމެނެނު ހަމައެކަނި ރަށަކީ، ދ. ކުޑަ ހުވަދޫއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!