ޗާގޮސްގެ ރަށްތަކުގައި ދިވެހިންނަށް ވަޒަންވެރިވުމުގެ ހައްގު ނޯންނަ ގޮތަށް އިނގިރޭސިން ފޯޅަވަހީގެ މައްސަލަ ނިންމުމަކީ ދިވެހިން އެދޭނެ ގޮތެއް ނޫން ކަމަށް މޯލްޑިވިއަންސް ފޮރ ޗާގޮސް ގެ ފަރާތުން ބުނެފިއެވެ.
އިނގިރޭސިވިލާތުން ޗާގޮސް މޮރިޝަސް އަށް ދޭން ނިންމާފައިވާތީ އެކަމަކީ މޮރިޝަސް އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ކެމްޕޭނެއް ހިންގީ ޗާގޯސިއަނުން ދައްކައިގެން ދުނިޔޭގެ ސިމްޕަތީ ހޯދަން ކުރާ ކަމެއް ކަމަށް މޯލްޑިވްއަންސް ފޯ ޗާގޮސްގެ ފަރާތުން ވަނީ ބުނެފައެވެ.
ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމާފައިވާތީ މޯލްޑިވިއަންސް ފޯ ޗާގޮސްގެ ފަރާތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މޯލްޑިވިއަންސް ފޯ ޗާގޮސްގެ ނަމުގައި ހިންގާ ގައުމީ ހަރަކާތުގެ ފަރާތުން ދިވެހީންނާއި ފޯޅަވަހި ފުރޭފު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އެބޭފުޅުން ވަނީ ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވެ އެތަން ހޯދަން ދިވެހިން މަސައްކަތްކުރުމަށް ގޮވާލަައްވާފައެވެ.
ފޯޅަވައްސަކީ 60 އެތައް ރަށެއްގެ މައްޗަށް އެކުލެވިގެންވާ އަތޮޅެއް ކަމަށް މޯލްޑިވިއަންސް ފޮރ ޗާގޮސްގެ ފަރާތުން ވަނީ ބުނެފައެވެ.
ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖެ އުފެދިގެންވާ ކަނޑުއަޑީގެ އަށީގެ އެއްބައިކަން ފާހަގަކުރައްވައި ގުދުރަތީ ހެއްކަށްވުރެ ބޮޑު ހެއްކެއް ނޯންނާނެ ކަމަށްވެސް މޯލްޑިވިއަން ފޯރ ޗާގޮސް އިން ވަނީ ބުނެފައެވެ.
އިންޑިއާ ކަނޑުގައި ޗާގޮސް އާކިޕިލާގޯގެ މުޅި ސަރަހައްދު ތިމާވެށި ހަރާބުކޮށް ބޮޑުދާއަޅަން މޮރިޝަސް އިން ތައްޔާރުވަމުންދާ ކަމަށްވެސް މޯލްޑިވިއަންސް ފޮރ ޗާގޮސް އިން ވަނީ ބުނެފައެވެ.
ޗާގޮސް ރަށްތަކުގެ ތާރީހީގޮތުން ހަގީގީ ވާރުވެރި ދިވެހީން ހައްގުން މަހުރޫމްކޮށް ފޯޅަވަހި ހޯދަން މޮރިޝަސް އިން ކުރާ ޑިކޮލޮނައިޒް ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ފޯޅަވައްސާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތުގައި އިސްކޮށްހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ފޯޅަވަހި މައްސަލައަށް ގޮތެއް ނިންމުމުގެ ކުރިން އެރަށްތަކުގެ ހައްގުވެރި ދިވެހީންނާއި އިނގިރޭސިވިލާތުން ވާހަކަ ދެއްކުމަށް މޯލްޑިވިއަންސް ފޮރ ޗާގޮސް އިން ވަނީ ގޮވާލާފައެވެ.
އިނގިރޭސިވިލާތުން މޮރިޝަސްގެ ސްކޭމްގައި ނުޖެހުމަށް ދިވެހި ރައްޔިތުންގެ މޯލްޑިވިއަން ފޯ ޗާގޮސްގެ ފަރާތުން ވަނީ ހަރުއަޑުން ގޮވާލާފައެވެ.