ބާރުތައް ދަމަހައްޓަން ހިތްވަރާއި ބުންވަރު ހުންނަން ޖެހޭ: އިބޫ
ދެންމެ | 11 ނޮވެމްބަރ 2024

ރައްޔިތުންނަށް ލިބިދީފައިވާ ބާރު ދަމަހައްޓަން ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިފައިވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދުު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާއާ އާއި ހެޔޮއެދުންތައް އަރިސްކުރަމުން އެކްސްް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ސޯލިހު ވިދާޅުވީ ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި އަދި ގައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގައި ވީނަމަވެސް މިއަދު ވަނީ އެ މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައި ކަމަށް ސޯލިހު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ދިމާކޮށެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމި، އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެ، 14 އަހަރަށްފަހު އެރަސްކަން ނިމި އަނެއްކާވެސް ރާއްޖެ ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ދުވަސް ކަމަށްވާ 11 ނޮވެމްބަރ 1968 ގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!