ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ހޯދައިދޭނަން: ރައީސް
ދެންމެ | 14 ނޮވެމްބަރ 2024

ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ، ރައްޔިތުންނަށް ފާގަތިކަން ހޯދައިދޭންކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓް

ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވެ، ރައީސް އެކްސްގައި ޕޯސްޓެއް ކުރައްވާފައިމިވަނީ އިދިކޮޅު ބައެއް ފަރާތްތަކުން ސަރުކާރުގެ ސިޔާސަތްތަކަށް ފާޑުކިޔަމުން ދަނިކޮށެވެ.

މިގޮތުން އަންނަ އަހަރުގެ ބަޖެޓްގައި އާސަންދަ އާއި ސަބްސިޑީ ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިދިކޮޅު ބައެއް ފަރާތްތަކުންދަނީ ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!