އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ ބަގުރޫޓު ނުވެ، ސަލާމަތް ކުރެވުން: ރައީސް
ދެންމެ | 17 ނޮވެމްބަރ 2024

ރާއްޖެ ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރެވިއްޖެކަމަށާއި އެއީ ވޭތުވެ ދިޔަ އެއް އަހަރު ސަރުކާރަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑަައިގަތުމުގެ 06 ދުވަސް ކުރިން ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް އައިއެމްއެފް އިން ލަފާކުރި ކަމަށެެވެ. އަދި އައިއެމްއެފްގެ ރިޕޯޓުގައި މިއަހަރުގެ އޭޕްރީލު މަހަށް ރާއްޖެެ ބަނގުރޫޓުވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އިގްތިސާދު މެނޭޖުކުރަމުން އައީ ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެގޮތުން، 8 ބިލިޔަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި ފަސް އަހަރުތެރޭގައި ދައުލަތުން ލިބޭ އާމްދަނީގެ ކޮންމެ 100ރުފިޔާއަކުން 24 ރުފިޔާ ދަރަނި ދައްކާ ހާލަތަށް ވައްޓާލި ކަމަށެވެ. އަދި މީގެ ސަބަބުން މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ބުނަމުން އައިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މާލީ އިދާރާތަކުން އެގޮތަށް ލަފާ ކުރިނަމަވެސް ސަރުކާރުން މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށް މަސައްކަތްކުރަމުން ދަނީ އިގްތިސާދު ބަނގުރޫޓުނުވެ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ މި ސަރުކާރުގެ ބަޖެޓަކާއެކު މަޝްރޫއުތައް ކުރިއަށްގެންދާނެ އަހަރެއް ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!