ބ އިން ވ އަށް ޔެލޯ އެލާޓް ނެރެފި
ދެންމެ | 18 ނޮވެމްބަރ 2024

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓިރޮލޮޖިކަލް އޮފީސް (މެޓު) އިން ބުނީ މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެެފައިވަނީ މިއަދު ހެނދުނު 8:50 އިން ފެށިގެން މިއަދު މެންދުރު 13:00 ޖަހަންދެން ކަމަށެވެ.

މި ވަގުތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އަދި މި ސަރަހައްދުތަކަށް ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ބ އަތޮޅުން ފެށިގެން އދ އަތޮޅަށް މިއަދު ހެނދުނު 7:45 ކުން މެންދުރު 13:30 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މެޓުން ބުނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވުހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދިޔަ ދެ ދުވަހު ރާއްޖޭ އެކި ހިސާބުތަކަށް ވިއްސާރަ ކޮށްފައި ވެއެވެ. އަދި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށްވެސް މެޓުން ބުނެފައިވެ އެވެ. އަދި މިއީ ކޮޅިގަނޑުގެ ވިއްސާރަ ކަމަށްވެސް މެޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!