ބޯކޮށް ވާރޭ ވެހި މާލޭ މަގުތައް ފެން ބޮޑު ވެއްޖެ
ދެންމެ | 18 ނޮވެމްބަރ 2024

ބޯކޮށް ވާރޭވެހި ވެރިރަށް، މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

ރޭ ފަތިހު ބޯކޮށް ވާރޭ ވެހެން ފެށިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން އެ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:50 އިން މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށެވެ.

އެ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކޮށެވެ.

މާލޭގައި ފެން ބޮޑުވެފައިވާ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!