ބައިވެރިޔާ އާއި މެދު ގުޅުން ބަދަހި ކުރާނެ ގޮތް!
ދެންމެ | 20 ނޮވެމްބަރ 2024

ދިގުދެމިގެންދާ ގުޅުމެއް ބިނާ ކުރެވޭނީ ދެމެފިރިންވެސް ވަރަށް މަސައްކަތް ކޮށްގެންނެވެ. ދެމެފިރިންވެސް އެކަކު އަނެކަކަށް އެއްބާރުލުން ދީގެންނެވެ. އެކަކު އަނެކަކަށް އިހުތިރާމުކޮށް ކަމޭހިތައިގެންނެވެ. މިފަހަރު މި ހިމަނާލަނީ ބައިވެރިޔާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށް ބަދަހި ކުރުމަށް ކޮންމެ ދުވަހަކު ހެނދުނު ކުރަންވީ ބައެއް ކަންކަމެވެ.

 

އެކުގައި ނާސްތާ ނެގުން

ދުވަސް ފަށައިގަންނައިރު އެންމެ ފުރަތަމަ ކާ ކެއުމަކީ ހެނދުނުގެ ނާސްތާއެވެ. ބައިވެރިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާ ބައިވެރިޔާއާއެކު ނެގުމަށް އާދަ ކުރަން ޖެހެއެވެ. މިހެން ހެދުމުން ދުވަސް ފަށައިގަންނަ އިރު އެކަކު އަނެކަކަށް ވަގުތު ދެވި، ދެމީހުންނަށްވެސް ވާހަކަ ދައްކަން ފުރުސަތު ލިބެއެވެ. އަދި އޭގެ ސަބަބުން ގުޅުންވެސް ވަރުގަދަ ވެއެވެ.

 

ގޭތެރޭގެ މަސައްކަތްތައް ބަހައިގެން ކުރުން

ދެމެފިރިންގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާނަމަ ކޮންމެ ދުވަހަކު ހެނދުނު ގޭގައި ކުރަން ޖެހޭ މަސައްކަތްތައް ދެމީހުންގެ ދެމެދުގައި ބަހާލައިގެން ކުރުމަކީވެސް މުހިންމު ކަމެކެވެ. މިހެން ހެދުމުން ދެމީހުންނަށްވެސް ވަޒީފާއަށް ގަޑި ނުޖެހި ދެވި، ވަރުބަލިކަން އިހުސާސް ކުރެވޭ ވަރުވެސް މަދު ވެއެވެ. އަދި މުޅި ދުވަހު ދެމީހުންގެ މޫޑުވެސް ރަނގަޅު ވެއެވެ.

 

އެކުގައި ކަސްރަތު ކުރުން

ދެމީހުންގެ ދެމެދުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން ދެން ކުރެވިދާނެ ކަމަކީ ހެނދުނު އެކުގައި ކަސްރަތު ކުރުމެވެ. މިގޮތަށް އެކުގައި ކަސްރަތު ކުރުމުން ދެމީހުންނަށްވެސް އެކަކު އަނެކެއްގެ އިހުސާސްތައް ކިޔައިދޭން ވަގުތު ލިބެއެވެ. އަދި ދުވަސް ރަނގަޅު ގޮތުގައި ފެށޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!