ގާނޫނު އަސާސީ އިސްލާހް ކުރީ ޖޯޝާއި ގައުމީ ރޫޙްގައި: ރައީސް
ދެންމެ | 21 ނޮވެމްބަރ 2024

އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންގެ ހައްގުގައި ނިންމި މުހިއްމު ނިންމުތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ 78 މެމްބަރުންގެ ވޯޓައި އެކު ގާނޫނު އަސާސީއަށް ތިން ބަދަލެއް އިއްޔެ ވަނީ ގެނެސްފައެވެ. އަދި މި އިސްލާހުތައް ރައީސް ޑރ. މުއިއްޒު ވަނީ ރޭ ތަސްދީގުކުރައްވާ އެ ނިންމުންތަކަށް އަމަލުކުރަން ފަށްޓަވާފައެވެ. އިސްލާހުތަކަކީ ރައްޔިތުންގެ ހައްގުގައި ނިންމި މުހިއްމު ނިންމުތަކެއް: ރައީސް

ރައީސް މުއިއްޒު ދެއްވި ވީޑިއޯ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި، ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްޤީއާ، ހަމަޖެހުމަށްޓަކައި ގެނެވުނު ބަދަލުތަކެއްކަމަށެވެ.

އަދި އެއީ ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެކަން ފާހަގަކުރައްވާ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ’އެންޓި ޑިފެކްޝަން‘ ޤާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަހަހަަ

ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލު ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ ސައްހަކަން ކަށަވަރުކުރުމަށް ކޯޓަށް ދާން ބައެއް ސިޔާސީ މީހުން ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!