އެއް ޖިންސުން ގުޅުން ހިންގާ ބައެއްގެ މަންޒަރުތައް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ކޮޓަރިއަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ދިޔަ ކަމަށާ އެ ތަނަށް ދިޔައީ ވިޔަފާރި މީޓިންއަކަށް ލިބުނު ދައުވަތަކަށް ކަމަށް އޭނާ ބުނެފައި ވަނިކޮށް އޭނާގެ ވީޑިއޯ ލީކް ކޮށްލައިފި އެވެ.
މިހާރު ސޯސިއަލް މީޑިޔާގައި ލީކްކޮށްލާފައިވާ ވީޑީޔޯގައި ޒުވާން ބިދޭސީ ފިރިހެން ސޮރު އަލަމްގިރި ނަސީދު ރިސީވްކޮށްގެން ކޮޓަރިއަށް ވައްދާ ދޮރުލައްޕާ މަންޒަރު ފެނެ އެވެ.
މިހާރު އާއްމްވެފައިވާ ވީޑިޔޯގައި އަލާމްގިރި ހުރީ ނޫކުލައިގެ ޖަންގިޔަލެއް ތުރުކުރައްވައިގެން ހުސް ގަޔާ އެވެ.
“ލިވާތު ކޮޓަރި”ގެ ނަމުން މިހާރު ނަން މަޝްހޫރުވެފައިވާ އެ ކޮޓަރިއަށް ނަޝީދު ވަތް މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ރާއްޖޭގެ މީޑީޔާއަކުން އާންމުކުރުމާ ގުޅިގެން ރާއްޖޭގެ ބަައެއް މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި ނަޝީދު ވަނީ އެކަމަށް އިއުތިރާފުވެފައެވެ.
ކާނަލް ވިދާޅުވީ އެ ކޮޓަރިއަށް ދިޔަ ކަމަށާ ދިޔައީ ބަަޔަކު މީހުން ކުރާ ވިޔަފާރިއަކަށް ސްޕޮންސަރއެއް ބޭނުންވެގެން ތަކުރާރު ގުޅަމުން ދިޔުމުން އެމީހުންގެ ދައުވަތަކަށް ކަމަށެވެ. އަދި އެ ވިޔަފާރިއަކީ މަސާޖު ޕާލަރއެއް ހިންގުމުގެ ވިޔަފާރި ކަމަށާ އަދި އެ ދުވަސްވަރަކީ ކޯވިޑުގެ ޕެންޑަމިކު ދުވަސްވަރުކަމުން އެކަމާ މަޝްވަރާ ކުރަން އެމީހުން އޭނާއަށް ދައުވަތު ދިނީ އެމީހުންގެ އެ ޕާލާރއަށް ކަމަށެވެ.
އޭނާ އެތަނަށް ދިއުމުން ކޮޓަރިތައް ބަލާލަން ދައުވަތުދީ އެއިން ކޮޓަރިއަކަށް އޭނާ ވަތް އިރު ފޮޓޯއިން އެ ފެންނަ ބިދޭސީ މީހާ ހުރި ކަމަށާ އޭނާ ހުރީ ތުވާއްޔެއް އަނދެގެން ކަމަށް ނަޝީދު ކިޔައިދެއްވިއެވެ. އެހެންނަމަވެސް ނަސީދު ވިދާޅުވި ފިރިހެން ބިދޭސީ މީހާ ލައިގެން ހުރީ ނޫޖަންގިޔަލެކެވެ.