ކޮސްވެ، އަންތަރީސް ވާވަރަށް މޫސުން ގޯސް ވެއްޖެ
ދެންމެ | 30 ނޮވެމްބަރ 2024

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

”މެންދުރު ޓީވީ“ އަށް މައުލޫމާތު ދެމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް، ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރުން އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމުގައެވެ.

އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކުު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

އެހެން ކަމުން މުޅި ރާއްޖޭގެ ވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވާއިރު ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ކުރެވެނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެތީވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!