ރައީސް ޑރ. މުއިއްޒު މަސް ކެޔޮޅުންނާއި ބައްދަލު ކޮށްފި
ދެންމެ | 04 ޑިސެމްބަރ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެއުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ކެޔޮޅުން ރައީސް އާއި ހިއްސާކުރިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަކާއި ގުޅޭ ވާހަކަތައް ދެއްކިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މީގެއިތުރުން މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތައްވެސް ކެޔޮޅުން ރައީސަށް ކިޔާދިންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ޑރ. މުއިއްޒުގެ ގެ ވައުދުފުޅާއި އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެއުޅުން އެދުނުކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ކެއުޅުން ހިއްސާކުރިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފާއިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ފާހަގަކުރި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!