އެމްޑީޕީ ވެރިިކަމެއްގައި ސިގިރޭޓް އަގު ހެޔޮކޮށް، އެންމެންނަށް ބޯންދީ ބަގުރޫޓް ކޮށްލާނަން: ބަގުރޫޓް ފައްޔާޒު
ދެންމެ | 06 ޑިސެމްބަރ 2024

އެމްޑީޕީގެ ވެރިކަމެއްގައި ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށް އެންމެނަށް ސިގިރޭޓް ބޯދީ ބަގުރޫޓް ކޮށްލާނެ ކަމުގެ އިޝާރާތެއްް އެޕާޓީގެ ޗެއާޕާސަން ބަގުރޫޓް ފައްޔާޒު އިސްމާޢިލް ރޭ ދެއްވައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބަގުރޫޓް ފައްޔާޒު އިސްމާޢިލް ވިދާޅުވީ، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރީ ރައީސް ޑރ. މުޢިއްޒު ރައްޔިތުންގެ ސިއްހަތަށް ވިސްނާވަޑައިގެން ނޫންކަމަށެވެ.  ބަގުރޫޓް ފައްޔާޒު ވިދާޅުވީ އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި ސިނގިރޭޓް އަގުބޮޑުކުރިއަސް އެ ބޭނުންކުރާ މިންވަރު މަދުނުވާކަން ސަރުކާރަށް މިހާރު އެނގޭނެ ކަމަށެވެ.

ބަގުރޫޓް ފައްޔާޒު ވިދާޅުވީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި އެނޫން ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ނިންމާފައިވާ ނިންމުންތައް އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ގެންނާނެ ކަމަށެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ރައްޔިތުން ދުންފަތާއި ދުރުކުރަން މަސައްކަތްކުރީ ވިސްނައިދީގެން ރައްޔިތުން އެކަމުން އަމިއްލަ އަށް ދުުރުހެލިކޮށްގެން ކަމަށް ބަގުރޫޓް ފައްޔާޒު ވިދާޅުވިއެވެ.

”މިއަދު އެބައެނގޭ ސަރުކާރަށް ސިނގިރޭޓް ބޯ މީހުންނަކީ އެގޮތަށް އަދި އަގުބޮޑުކުރިކަމުގައި ވީ ނަމަވެސް އެކަމުން ދުރުހެލިވާނެ ބައެއް ނޫންކަން، އަޅުގަނޑު ތި އެންމެހާ ރައްޔިތުންނަށް ޔަގީންކަން ދީ ކަށަވަރުކުރަން އަޅުގަނޑުމެންގެ ވެރިކަމުގައި އެފަދަ ގޮތަކަށް އެފަދަ އަމަލެއް ނުކުރާނެކަމާއި އަދި އެގޮތަށް ހުރިކަންކަން ބަދަލުކުރާނެ ކަމަށް،“ ބަގުރޫޓް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން ދާދިފަހުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށާއި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ވަނީ ބޮޑުވެފައެވެ. އެ އިސްލާހާ އެކު ކުރިން ސިނގިރޭޓަކުން ނަގަމުން އައި 06 ރުފިޔާ ވެސް 13 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު ސިނގިރޭޓު ކާޓޫނެއްގެ އަގު މިހާރު ހުރީ 2،240 ރުފިޔާއާ ހަމައަށް އުފުލިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!