އެމްއެމްއޭގެ ބޯޑުން ދެ މެންބަރަކު އިއްޔެ ވަކިކޮށްފި
ދެންމެ | 08 ޑިސެމްބަރ 2024
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓާގެ ދެ މެންބަރުން އިއްޔެ ވަކިކޮށްފިއެވެ.

ވަކި ކުރި ދެ މެންބަރުންނަކީ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރެވެ.

އެއީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރަން އެ ބޯޑަށް އައްޔަންކޮށްފައިވާ ހަމައެކަނި ދެ ބޭފުޅުންނެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ ބޯޑަށް ދޭތެރެ ދޭތެރެއިން އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. ނަމަވެސް އައްސަދު އާއި އަންވަރު ވަކިކުރި ސަބަބެއް މަރުކަޒީ ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.

އައްސަދަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ.

ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން އެވެ. އަދި ރާއްޖޭގައި އަމަލު ކުރާ ޓެކްސްއާ ގުޅޭ ގާނޫނުތައް ފަރުމާ ކުރުމުގައި އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!