އިސްތައްޓާއި ކުޅެ، ހަންގަނޑު އޮމާންކޮށް، ގައިމޮޑޭ ތަންތަނުގެ އިނިސްޕެކްޝަނެއް ފަށައިފި
ދެންމެ | 11 ޑިސެމްބަރ 2024

ސެލޫން އަދި ސްޕާ ފަދަ ތަންތަނުގެ މާސް އިންސްޕެކްޝަނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭ އިން މިމަހުގެ ފަސްވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ގްރޭޓާ މާލޭގައި ހިންގަމުންގެންދާ ޒާތީ ހިދުމަތްދޭ ތަންތަނުން (ސެލޫން، ސްޕާ ފަދަ ތަންތަން) އާންމުންނަށް ހިދުމަތްދޭ އިރު، އެފަދަ ތަންތަނުގައި ސާފިތާހިރުކަމުގެ މިންގަނޑުތައް ދަމަހައްްޓާ ގޮތް ދެނެގަތުމަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ އިންސްޕެކްޝަންތަކެއް މިމަހުގެ 9 އިން 19 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންތައް ކުރިއަށްގެންދާ އިރު، ސެލޫން އަދި ސްޕާ ހިންގާ ފަރާތްތަކުން އެކަމަށް އެއްބާރުލުން ދިނުމަށް ދަންނަވާ ކަމަށާއި އެކަމާ ގުުޅުންހުރި މައުލޫމާތު ސާރުކުރުމަށް 3024570 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މި މާސް އިންސްޕެކްޝަން ކުރިއަށްގެންދާ އިރު، ދާދިފަހުން މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ ސެލޫން އަދި ސްޕާ ފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. އެ އިންސްޕެކްޝަންތަކުގެ ތެރެއިން ފާހަގަކުރެވުނު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!