ކައިވެނީގެ އުފާލާއި ހިތާމަ ކިޔަވައިދޭނެ މުދައްރިސެއް ހޯދަން އިއުލާން ކޮށްފި
ދެންމެ | 13 ޑިސެމްބަރ 2024

ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދޭނެ ލެކްޗަރާއެއް ހޯދަން ފެމިލީ ކޯޓުން އިއުލާންކޮށްފި އެވެ.

ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ކޯޓުން ހޯދަނީ އަލަތު ކައިވެންޏެއް ކުރަން ބޭނުންވާނެ އިޖުތިމާއީ ކަންތައްތަކާއި އިޖުތިމާއީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް ކިޔަވައިދޭނެ ދެ ލެކްޗަރާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގާ އެ މަގާމުގެ ޝަރުތަކީ މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން އެކަންޏެވެ. އަދި އުޖޫރައިގެ ގޮތުގައި މައުލޫމާތު ދޭން ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް 250 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!