ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމައިފި
ދެންމެ | 13 ޑިސެމްބަރ 2024

އިސްލާމިކް މިނިސްޓްރީން ބަންގި މުބާރާތެއް ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ”ނޫރުލް އަޛާން 1446″ގެ ނަމުގައި ބަންގި މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

މާލޭގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމު https://forms.gle/mBPLZ1PjykNjoxeV6 ފުރިހަމަކޮށް، މި މަހު 31 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!