ރައީސަށް އަރިއަތޮޅުން މަރުހަބާ އާއި ސުކުރާއި ސަނާ ބަރުތީލަ ކޮށްފި
ދެންމެ | 15 ޑިސެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާ އާއި ސަނާ ބަރުތީލަ ކޮށްފި އެވެ.

އދ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ދަނގެއްޗަށް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ޑރ. މުއިއްޒަށް ދަނގެތިން ހޫނު މަރުހަބާ އެއް ވަނީ ދަންނަވާފައެެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ވަނީ ޖަމާވެފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ދަނގެތި ވަރަށް ބޮޑަށް ވަނީ ޒީނަތްތެރިކޮށްފައެވެ.

ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވަނީ ދިވެހިން ކުރީ ޒަމާނުގައި ކޮށް އުޅުނު މަސައްކަތްތައް ބައްލަވާލައްވައިފައެވެ.

ރައީސް ޑރ. މުއިއްޒު ދަނގެތި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ އެރަށުގައި ޚާއްސަ ޖަލްސާ އެއް ބާއްވަވާފަ އެވެ.

މިއަދު ހެދުނު އެމަނިކުފާނު މަހިބަދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް ޑރ. މުއިއްޒު މެންދުރު އދ. އޮމަދޫއަށް ވަޑައިގަންނަވާއިރު މި ދަތުރުފުޅުގައި އދ. އެކި ރަށްރަށުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!