އީދު ނަމާދަށާއި އީދު ދުވަހު ނަލަ ހެދި ރީތިވުމަކީ ޒަމާނުންސުރެ ދިވެހިންގެ ދީނީ އަދި ސަގާފީ އާދަ އެކެވެ. އީދު ނަމާދަށް އާ ހެދުމެއް ލުމާއި އީދު ދުވަހު އާ ފޭރާމެއް ލުމަކީ ވެސް ދީނީ ސަގާފަތެވެ.
ލާމް ފޮނަދޫގައި ޑިޕާޓްމެންޓް ސްޓޯރުގެ ބައްޓަމަށް ފަރުމާކޮށް ހިންގަމުންދާ ސެލެކުން ވެސް އަލްހާ އީދު ކުރިމަތި ލާފައި ވަނީ ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި އީދު ނަލަ ހެދުމަށް ބޭނުންވާ ފޭރާމާއި އެކުގަ އެވެ.
ދެބުރިއަށް އިމާރާތް ކޮށްފައިވާ ސެލެކުން އާއްމް ބޭނުން ތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުރި ނަމަވެސް ފުރަތަމަ ބުރި ހާއްސަކޮށްފައި ފޭރާމަށެވެ. ފިރިހެން މީހުންގެ ގަމީހާއި ޓީސާޓާއި ޖީންސާއި އަދި ބޫޓާއި ފައިވާނުގެ އިތުރުން ސޯޓާއި ކުޅިވަރު ސާމާން ވެސް ލިބެން ހުންނައިރު އަންހެނުންގެ ހެދުމާއި ޖީންސާއި ބެލްސާއި އަދި ބުރުގަލާއި ފޮތީގެ އިތުރުން ބޫޓާއި ފައިވާން ލިބެން ހުރެއެވެ. އަދި މީގެ އިތުރުން ކުޑަކުދިންގެ ހެދުމާއި ޖީންސާއި ބޫޓާއި ފައިވާން ވެސް ހުރެ އެވެ.
ލާމް އަތޮޅުވެހިގޭ ކުރިމައްޗައް ހުންނަ ސެލެކްގެ ގުރައުންޑް ފުލޯގައި ގޭތެރޭ ސާމާނާއި ކާބޯތަކެއްޗާއި ބުކްސް ސޮޕާއި ހާޑްވެޔަރގެ ސާމާނަށް ހާއްސަ ކުރެވިފައިވާއިރު، ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ ކޮސްމެޓިކްސް އާއި އަންނައުނާއި ކުޅޭސާމާނާއި ފައިވާނާއި ބޫޓްގެ އިތުރުން ފޮތްޗަށެވެ.
ސެލެކް ޑިޕާޓްމެންޓް ސްޓޯރުގެ އެންމެ ހާއްސަ ކަމަކީ ސެލެކް ގުރައުންޑް ފްލޯގައި ސެލެކް ޓޭކް އަވޭ ނަމުގައި ލުއިބުއިންތަކާއި ލުއި ކާނާއަށް ހާއްސަކޮށް ކެފޭއެއްގެ އިތުރުން ޕްރިންޓްގެ ހިދުމަތްތަކަށް ސެލެކް ސްޓޫޑިއޯގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދާ ކަމެވެ.