މުޑުދާރުކޮށް ފޮނި ފޯކާއި ކިއްލި އުފައްދާތަނެއް އަތުލައިގެންފި
ދެންމެ | 17 ޑިސެމްބަރ 2024

މާލޭގެ ހެންވޭރު ސަރަހައްދުގައި ހުރި ގެއެއްގައި ހިންގަމުންދިޔަ މުޑުދާރު ދިވެހި އުފެއްދުންތައް އުފައްދަމުންދިޔަ ކަމަށް ބުނެ އިމިގްރޭޝަނުން ރޭ ރެއިޑްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، އެ އިދާރާއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ޓާސްކުފޯހުން ވަނީ އެ ގެ ބަލައި ފާސްކޮށްފައެވެ. މި ތަނަކީ އާންމު މިންގަނޑުތަކާ ޚިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި މި ތަނުން ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގަވާއިދާ ޚިލާފަށް މި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހާ ވެސް ވަނީ ރޭގެ އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަނުން ވަނީ މި ތަނުގެ ބައެއް ފޮޓޯތަކާއި، އެ ތަނުން ވިޔަފާރިއަށް އުފައްދަމުންދިޔަ ބައެއް ތަކެތީގެ ފޮޓޯތައް ވެސް މިއަދު އާންމުކޮށްފައެވެ. އޭގެ ތެރޭގައި ތެލުލި ފަތާއި ފޮނިފޯކާއި އަދި ކިއްލި ފަދަ ތަކެތި ހިމެނެއެވެ.ނަމަވެސް އެގޭގެ ނަމެއް ނުބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!