ޔައުގޫބް ސްޓެޓިކްގެ ހިއްސާ ގަތުމާއި ފެނަކައަށް 3000 ރުފިޔާއަށް ކަރަންޓް ސްވިޗެއް ވިއްކުން!
ދެންމެ | 24 ޑިސެމްބަރ 2024

މަކޫ އޮޑިޓަރަކޫ ޔައުގޫބް ސްޓެޓިކްގެ ހިއްސާ ގަތުމާއި ފެނަކައަށް 3000 ރުފިޔާއަށް ސްވިޗެއް ވިއްކާފައިވާ ކަން ފަޅައި އަރައިފި އެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔައުގޫބް މި ހިއްސާ ގަނެފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ފުރަތަމަ ހިއްސާ ބަދަލުކޮށްފައި ވަނީ ޔައުގޫބުގެ އަންހެނުން ހ. ތެމާގޭ މަރިޔަމް ސައުފާ އަށެވެ.

މިނިސްޓްރީގެ މައުލޫމާތު ތަކުން ދައްކާ ގޮތުގައި މިހާރު ޔައުގޫބުގެ ހިއްސާ ބަދަލުކޮށްފައިވަނީ ކޮއްކޯފުޅު ސަފްގާ އަބުދުﷲ އަށް 13 ޖުލައި 2021 ގައި ބަދަލު ކޮށްފަ އެވެ.

ވަގު ހިފާނެ ކަމަށް ބުނެ މެމްބަރު ކަމަށް ވަޑައިގެންނެވި ޔައުގޫބު ކުންފުނީގެ ސެއަރ ގަތް ފަހުން އާރުޑީސީ އަދި ފެނަކަ އާއިއެކު އާދަޔާ ހިލާފް ވިޔަފާރީގެ މުއާމަލާތްތައް ހިންގާފައި ވެއެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޔައުގޫބު ސްޓެޓިކް ކުންފުނީގެ ހިއްސާ ގަނެފައި ވަނީ އާރުޑީސީ އާއި ފެނަކަށް އިންތިހާއަށް ބޮޑު އަގުގައި ސައިޕްލައިކޮށް, ބޮޑު އަގުގައި ބިޑްތައް ދީގެން އޭގެ ނަފާއިގެ ބަދަލެއްގެ ގޮތުންނެވެ.

މިކުންފުނިންގ އާރުޑީސީ އާއިއެކު އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ވިޔަފާރި ހިންގާފައިވާއިރު, ފެނަކަށް 2 ގޭންގްގެ ކަރަންޓް ސްވިޗެއް ވިއްކައި ބިލަށް ވަނީ 3000 ރުފިޔާ ރޭޓުން ފައިސާ ނަނގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!