މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
ދެންމެ | 25 ޑިސެމްބަރ 2024

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް 30 ދުވަހަށް ބަންދު ކޮށްފި އެވެ.

އެ ދެ ފިރިހެނުން ހައްޔަރުކުރީ އެ މީހުންނާ މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެ މީހުންގެ ލަގެޖުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ފެނިފައިވެ އެވެ. އެހެންވެ، އެއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުވާ ދެ މީހުން ކަމަށް ނިންމައި، އެ މީހުން ހައްޔަރުކޮށް ބަންދު ޖަހަން ކޯޓަށް ގެންދިޔަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ދޭށެވެ.

އެކަމަކު، މަސްތުވާތަކެއްޗަކީ އެ މީހުންގެ އެއްޗެއް ނޫން ކަމަށާއި އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ތަހުގީގުގައި މިހާތަނަށް ވަނީ ބުނެފަ އެވެ. ނަމަވެސް، މައްސަލައިގެ ފުލުހުން ހުށަހެޅި ހެކިތަކަށް ބަލައި، ކޯޓުން ނިންމީ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!