ޅ. އަތޮޅުން މަސްވެރިއަކަށް މިޔަރު ހަމަލާދީފި
ދެންމެ | 10 މެއި 2022

ޅ. މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް މިއަދު ހަމަލާދީފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑަށް ވެއްޓުނު މީހާ އަށް ހަމަލާދިންކަން އެ ދޯނިން ކޯސްޓްގާޑަށް ހެނދުނު 11 ޖެހިއިރު އަންގާފައިވާ ކަމަށެވެ. އެއާއެކު، އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން ޅ. އަތޮޅު ހޮސްޕިޓަލްގެ ޓީމަކާ އެކު އެ ދޯނި ކައިރިއަށް ދަތުރުކުރަމުން ދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދޯނީގެ ކެޕްޓަނާ ހަވާލާ ދީ، އެމްއެންޑީއެފުން ބުނީ ހަމަލާ އަމާޒުވި 62 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެމްއެންޑީއެފުން އާއްމުކޮށްފައިވާ ފޮޓޯއިން އެނގޭ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ އެ މީހާގެ ކަނާތު ފަޔަށެވެ. ލޭ މަނާކުރުމަށް އެ ފައިގައި ހުރީ ފޮތި އޮޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!