މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި
ދެންމެ | 01 ޖެނުއަރީ 2025

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުން ވަނީ އަންގާފަ އެވެ.

މޫސުމަށް ސަމާލުވުމުގެ އިރުޝާދު ދެއްވަމުން ފުލުހުން މިއަދު މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަން ދޭންވީ ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ސައިކަލް ހިފެހެއްޓުމާއި، ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމަށާއި، ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓް ބޭނުންކޮށް، ބުރުގާ އަޅުއްވާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއި އަދި މީގެ އިތުރުން މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

އަދި ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުކަން ދޭންވީ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަނަކަން ފުރިހަމަވެފައިވޭތޯ ޔަަގީންކުރުމަށާއި، އުޅަނދަށް އެކަށީިގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުމަށާއި އަދި އުޅަނދަަކަށް ކަނޑައެޅިފައިވާ މިންގަޑަށް ވުރެ އިތުރަށް މުދާ ބަރުނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓްއިން ލަފާކޮށްފައިވެއެވެ .އަދި މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވެސް އިއްޔެ ވަނީ އިލްތިމާސްކޮށްފިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!