ކަކުލުން މަތީ ހުރި ފެންގަނޑު ހިންދައި މާލެ އުޖާލާ ކޮށްފި
ދެންމެ | 04 ޖެނުއަރީ 2025

ރާއްޖެއަށް މިހާރު ދިމާވެގެން އުޅޭ ކާރިޘާގެ ސަބަބުން ވެރިރަށް މާލޭގެ އިތުރުން ގިނަ ރަށްތަކުގައި ފެން ބޮޑުވެފައި ވާއިރު، ދިވެހި ރައްޔިތުންނާއި ސިފައިން އަދި ކަމާއި ގުޅުންހުރި ފަރާތްތަކުން ނުކުމެ ކުރި މަސައްކަތުން މުޅި މާލޭގައި ބޮޑުވެފައިވާ ފެން ގާތްގަނޑަކަށް އެކީއެކަށް މިރޭ ހިންދާލައިފިއެވެ.

ދިވެހި ސިފައިން ބުނީ ވެރިރަށް މާލޭގެ މަގުތަކުގައި މިހާ ބޮޑަށް ފެން ބޮޑުވީ މި ކާރިޘާގައި ރެކޯޑް މިންވަރަކަށް ވާރޭ ވެހުމުންނެވެ. ނަމަވެސް ފެން ހިންދުމުގައި ސިފައިންގެ މަސައްކަތަށް ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން އުއްމީދުކުރި ފަދައިން މިރޭ ފެންގަނޑު ހިންދާލެވިއްޖެ ކަމަށާއި، ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ދިވެހި ސިފައިން ބުންޏެވެ.

ވެރިރަށް މާލެއަށް ބަލާއިރު، މިރޭ 12 ޖެހިއިރުވެސް ވެސްޓްޕާކު ސަރަޙައްދުގައި ކަކުލާއި ހަމަޔަށް ފެން ހުއްޓެވެ. ނަމަވެސް ދިވެހި ސިފައިން ނުކުމެ ކުރި މަސައްކަތުން 2:30 ވީއިރު އެސަރަޙައްދުގެ ފެން ވަނީ ހިންދާލާފައެވެ.

ޤުދުރަތީ ކާރިޘާގައި ބޮޑުވި ފެން ރެސްކިއު ޓީމުތަކުން ނުކުމެ ހިންދާލީ ނިސްބަތުން ކުޑަ އިރުކޮޅެއްގެތެރޭގައި. ޢާންމުންގެ ފަރާތުން ލިބުނު އެއްބާރުލުން ސިފައިން ފާހަގަ ކުރޭ.

ބޯކޮށް ވާރޭވެހި ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ރަށްތަކާއި ސިޓީތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގެދޮރާއި ވިޔަފާރިތަކާއި ހިފައިގެންގުޅޭ ތަކެއްޗާއި އިންފްރާސްޓްރަކްޗަރ ތަކަށް ގެއްލުން ވަމުންދާއިރު، ސަރުކާރުގެ ކަމާއިބެހޭ އެންމެހައި ފަރާތްތަކުންނާއި ޢާންމުން ދަނީ ފެން ހިންދުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

މިރޭ މެދަމު ވެސް ސިފައިން އެއްވެސް ރެސްޓެއް ނެގުމެއް ނެތި ޤައުމީ ވާޖިބު އަދާކުރަމުން ދިޔައީ މާލޭގެ ރައްޔިތުންނާއި މުދާތައް ސަލާމަތް ކުރުމަށެވެ. އެގޮތުން ފެން ބޮޑުވި ފިހާރަތަކުގެ ވެސް ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދިންއިރު އަމީނީ މަގުގެ ފެންގަނޑު ވެސް ވަނީ އެކީއެކަށް ހިންދާލާފައެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ މި ކާރިޘާގައި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގާއި ގުޅިފައިވާ ސަރަޙައްދުތަކުގެ ފެންގަނޑު ސިފައިން ހިންދާލީ ހީކުރި ވަރަށް ވުރެ ވެސް މާ އަވަހަށެވެ. ހަމަ އެހެންމެ އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ރަށްތަކުގެ ތެރެއިން ގިނަ ރަށްތައް މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައެވެ. މާލޭގެ އިތުރުން، ފެން ހިންދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ރަށްތަކަކީ ކ.ގުރައިދޫ، ކ.ހުރާ، އަދި، ށ.ނަރުދޫ އެވެ. މިރަށްތައް ވެސް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ،

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!