ރިޔާސީ ބަޔާން އިއްވާ ދުވަހު، ސަރުކާރު ބަންދު ކުރަން ނިންމައިފި
ދެންމެ | 15 ޖެނުއަރީ 2025

ރައްޔިތުން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން ރައީސް އިއްވަވަނީ މި އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުންނެވެ.

އެގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެ ފިހުން ސަރުކާރު ބަންދު ން ދުވަހެއްގެ ގޮތުގައި، ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސް މިގޮތުން ކަނޑައެޅުއްވުމާއި ގުޅިގެން، ރިޔާސީ ބަޔާން އިއްވާ ދުވަހާ ގުޅިގެން ރައީސް އޮފީހުން މީގެ ކުރިން ނެރުނު ދެންނެވުން މިހާރު ބާތިލްކުރެވިފައިވާ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.

އެގޮތުން ހުސްވި 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަހާ ދިމާކޮަށް ރައީސް އޮފީހުން އޭރު ނެރުނު ބަޔާނުގައި ވަނީ، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، މިއަދު ނެރުނު ބަޔާނާއެކު، ރައީސްގެ އެ ނިންމެވުން ވަނީ އަނބުރައި ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!