ސިޔާސީ މަގުސަދެއްގައި އަސްލެއް އަސާސެއް، ހެއްކެތް ގަރީނާއެއް ނެތި، ވަޒީރު އިހްސާނުގެ ކަރާމާތް ނަނގާލުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.
މުހްތާޒު ކުރެއްވި އެކްސްއެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ އެދުމެއް ހާސިލް ކުރުމަށް ހިދުމަތްތެރި ވަޒީރެއްގެ ކަރާމާތް ނަނގާލުމަކީ ކުރަންވާނެ ކަމެއް ނޫން ކަމަށެވެ.
“ސިޔާސީ އެދުމެއް ހާސިލް ކުރުމަށްޓަކައި، އަސާސެއް އަދި ހެކިގަރީނާ އެއްވެސް ނެތް ކަމެއްގައި, ރައްޔިތުންގެ އެންމެ ހިދުމަތްތެރި ވަޒީރު އަލީ އިހްސާންގެ ކަރާމާތް ނަގާލަން މަސައްކަތް ކުރުމަކީ ޒިންމާދާރު ފަރާތްތަކަކުން ކުރާނޭ ބާވަތުގެ ކަމެއް ނޫން.“
މިނިސްޓަރ އިހްސާން އޭއައި ފޮޓޯތަކާއި ވީޑިޔޯތައް ބޭނުން ކޮށްގެން އެމަނިކުފާނުގެ އަގުވައްޓާލައި އަބުރު ކަތިލުމަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުން ނެވެ.