ކ. ހުރާގައި ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ ޢަދަދެއްގެ ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރެއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.
އިއްޔެގެ ރެއިޑާއި ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު ބުނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކ. ހުރާގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
“މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.” އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ވަނީ ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ…
އިމިގްރޭޝަނުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީން އިއްޔެ އަތުލައިގެންފައިވާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އިމިގްރޭޝަނާ ގުޅިގެން ހިންގަމުންދާ ރެއިޑުތަކުން އަތުލައިގަނެވޭ މީހުންނާމެދު ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ޑީޕޯޓު ކޮށްފައެވެ.