ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަތުމަށް ރައީސް ގޮވާލައްވައިފި
ދެންމެ | 31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްްގައި ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ބަތަލުންތަކެއް ޖިހާދުކޮށް ޝަހީދުވެގޮސްފައިވާ ކަމަށެވެ.

އެހެންވެ އެ ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ މި ވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ގައުމީ ވާޖިބުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވި ދުވަސް ކަމަށްވާ ޝައުބާން މަހެއްގެ އެއްވަނަ ދުވަހު އެވެ.

އެ ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކުރީ 1980 ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!