މެޑަމް ފަޒުނާގެ މަންމާފުޅު ނިޔާވެފައިވަނިކޮށް، އެކަމަނާއަށް އިހުތިރާމް ކުޑަކޮށް، މަދު ބަޔަކާއިއެކު އެމްޑީޕީ މުޒާހަރާ ފަށައިފި
ދެންމެ | 31 ޖެނުއަރީ 2025

ރައީސް އަނބިކަބަލުން މެޑަމް ފަޒުނާގެ ލޮބުވެތި މަންމާފުޅު ނިޔާވެފައި ވަނިކޮށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މުޒާހަރާ ފިނިތަރުހީބަކާއި އެކު މިރޭ ފަށައިފި އެވެ.

މަދު ބަޔަކާއެކު އެމްޑީޕީއަށް 8.00 ފަށަން އޮތް މުޒާހަރާ ފެށީ މިރޭ 8:40 ހާއިރެވެ. މުޒާހަރާގައި މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ މި ވެރިކަމުގައި އެމްޑީޕީން ބާއްވާ ފުރަތަމަ މުޒާހަރާ އެވެ. މިރޭގެ މުޒާހަރާ ކުރިއަށްގެންދަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓާތީ އާއި ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާތީ އާއި އެ ނޫން ވެސް ބައެއް ކަންކަން ސަރުކާރުން ކުރަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!