ގްރޭޓާ މާލޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރަން ހޯމް މިނިސްޓްރީން މުހުލަތެއް ދީފި އެވެ،
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ތިލަފުށި ހިމެނޭހެން ގްރޭޓާ މާލޭ ސަރަހައްދުގައި ވަޒިފާއަދާ ކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ 15އިގެ ކުރިން ވަޒީފާ ދޭ ފަރާތުން އެ މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ފޮރިން ލޭބާއާ ގުޅިގެން ކުރިއަށް ގެންދަން އަންގައިފަ އެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓްނުކުރާނަމަށް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ގްރޭޓާ މާލޭ ސަރަހައްދުގައި ބަޔޯމެޓްރިކްސް ނެގުމާއި އޮަޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކަށައަޅާފައިވާ އެންމެހާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓްކުރަމުންދަނީ އެންސީއަައިޓީއާއި އެ އޮޕަރޭޝަންއަށް ހާއްސަކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުން ނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18 ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ. އަދި 194 ރަށެއްގައި މި މަސައްކަތް ފަށައި، 50 ރަށެއްގައި މި މަސައްކަތް ވަނީ ނިންމާފައެވެ.