ކުޅުދުއްފުށީ ސިޓީގައި ކޮންމެ އަހަރަކު އަލްހާ އީދުގައި ބާއްވާ މަށި މާލި ޕެރޭޓް މިއަހަރު ވެސް ބާއްވައިފި އެވެ.
ކުޅުދުއްފުއްޓާއި ރާއްޖޭގެ މަސްރަހްގައި ހިނގާ ކަންކަމަށް އަލިއަޅުވާލާ ބާއްވާ މިޕެރޭޑްގައި މިއަހަރު ވެސް ވަނީ ތަފާތު މާލިތަކެއް ނެރެފަ އެވެ.
މިފަހަރު ފާހަގަކޮށްލެވާ މާލިތަކުގެ ތެރޭގައި ބިޒްނަސް މީޓިންގނާއި އެ ކޮޓަރި ކޮޅާއި ކުޅުދުއްފުށީ ކާޑު ފެކްޓަރީ އަދި މޯޗަރީ ހިމެނެއެވެ.
ގިނަ އަދަދެއްގެ މީހުން ބައިވެރިވި މާލި ޕެރޭޑްގައި ބައިވެރިވެފައި ވާއިރު ގިނަ އަދަދެއްގެ ކުދި ބޮޑު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ޕެރޭޑް ބަލާފަ އެވެ.
ކުޅުދުއްފުށީގައި ބާއްވާ މިޕެރޭޑަށް ކޮންމެ އަހަރުކު ވެސް ރައްޔިތުންގެ ވަރަށް ތަރުހީބެއް ލިބިގެން ދެއެވެ.
ގުޅުންހުރި ލިޔުންތައް