މާލޭ ސަރަހައްދަށް ކަދުރު ބަހައި ނިމިއްޖެ
ދެންމެ | 04 ފެބްރުއަރީ 2025

ރަމަޟާން މަހަށް ދިވެހިންނަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ހުސްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފަށާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އިސްލާމިކް މިނިސްޓްރީ އިން ބުނީ ކަދުރު ބެހުމުގެ މަސައްކަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން ކަދުރު ބަލާ އައިސްފައިވާ ކަމަށެވެ.

މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ހުސްވެފައިވީ ނަމަވެސް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!