6067 ބިދޭސީން ޑީޕޯޓްކޮށް 24540 މީހުން ޤަވާޢިދަށް ފައްތައިފި
ދެންމެ | 09 ފެބްރުއަރީ 2025

6000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް 24000 މީހުން ޤަވާޢިދަށް ފައްތައިފި ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅުނު 6،076 ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައި ވާއިރު، ފާއިތުވި 5 އަހަރުގައި ޑީޕޯޓްކޮށްފައިވަނީ 2،649 ބިދޭސީންނެވެ.

މީގެ އިތުރުން، ”އޮޕަރޭޝަން ކުރަނގީގެ“ ނަމުގައި 2024 ވަނަ އަހަރުގެ މޭ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން ވަނީ އެއްކޮށްފައެވެ.

އޭގެ ތެރެއިން 24،540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައެވެ. މިއީ ކުރީގެ 5 އަހަރުގައި ރެގިއުލަރައިޒްކުރެވުނު މީހުންނަށް ވުރެ 3115 މީހުންގެ އިތުރުވުމެއްކަން ފާހަގަ ކުރެވެއެވެ.

މިދިޔަ 5 އަހަރުގައި ރެގިއުލަރައިޒް ކުރެވުނީ 21،425 ބިދޭސީންނެވެ.

ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ”އިމިގްރޭޝަން ވޮޗް“ ނަމުގައި މައްސަލަ ރިޕޯޓްކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސްތުވާ ތަކެތި ނުވަތަ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!