އިންތިހާބުތަކުން ބަގުރޫޓް ފައްޔާޒާއިއެކު އެމްޑީޕީ ޗޮކުން ދިޔައީ ކީއްވެ!
ދެންމެ | 09 ފެބްރުއަރީ 2025

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ވަނީ 37 ގޮނޑި ތެރެއިން 33 ގޮނޑިކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ ދެ ގޮނޑި އެވެ.

އިއްޔެ ވޯޓު ލާފައިވަނީ ހދ. މަކުނުދޫ ކައުންސިލު މެންބަރާއި، ނ. ލަންދޫ ކައުންސިލުގެ އަންހެން މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި، ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

މިފަހަރުގެ ވޯޓުގައިވެސް ކަންތައްތައް މިވީ ގިނަބަޔަކު ހީކުރި ގޮތާ މުޅިން ހިލާފަށެވެ.ގިނަ ބަޔަކު ހާއްސަކޮށް އެމްޑީޕީން އުންމީދުކޮށްގެން ތިބީ ވޭތުވެ މިދިޔަ ދުވަސްތަކުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ބޭއްވި މުޒާހަރާތަކާ އަދި ސަރުކާރާ ދެކޮޅަށް ކުރި ކެމްޕޭނުތަކުން އެމްޑީޕީއަށް މި ބައި އިލެކްޝަން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކަންތައްވެގެން މިދިޔައީ މުޅިން ހިލާފަށެވެ. މި ބައި އިލެކްޝަންގައި އެމްޑީޕީ އަށް މިވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. ވޯޓަށް އެހި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ލިބުނީ ޕީއެންސީއާށެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 2 ގޮނޑިއެވެ.މި އިން ދައްކުވައިދިނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލެވޭނެ ކަމެވެ.

ނާކާމިޔާބީއަކަށް ފަހު ނާކަމިޔާބީ އެކެވެ. އެންމެ ފުރަތަމަ ރިޔާސީ އިންތިހާބެވެ. ދެން މަޖިލިސް އިންތިހާބެވެ. ދެން މި ބައި އިލެކްޝަނެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ މާލޭގެ މޭޔަރު ހޮވަން ބޭއްވި އިންތިހާބު އެކަންޏެވެ.

މިފަހުން ސަރުކާރުން ނިންމި ނިންމުން ތަކާ ގުޅިގެން އެމްޑީޕީން ކުރި މުޒަހަރާތަކާ ސަރުކާރާ ދެކޮޅަށް ކުރި ކެމްޕޭންތަކުން ހީކޮށްގެން ތިބީ ސަރުކާރަށް މިހާރު ރައްޔިތުންގެ ތާއީދު ނެތް ކަމެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތައް ރައްޔިތުންނަށް ކަމު ނުދާ ކަމަށެވެ. އެހެން ނަމަވެސް އެހެންނެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތަކާ ރައީސް މުއިއްޒުގެ ވެރިކަމަށް ރައްޔިތުން އަދިވެސް ރުހި ގަބޫލެވެ.އިތުބާރުވެސް އެބައޮތެވެ. ރައްޔިތުންގެ ތާއިދުވެސް އެބައޮތެވެ. މިކަމުންވެސް ބޮޑު މަންޒަރު ވަރަށް ސާފުކޮށް ފެނިއްޖެ އެވެ. އިދިކޮޅުން ކިތަންމެ ގިނަ ވާހަކައެއް ދެއްކި ކަމުގައިވިޔަސް މިހާރު ރައްޔިތުން ގުނބޯ ނުހެއްދޭނެކަން މިކަމުން ވަރަށް ރަނގަޅަށް ދައްކުވައިދީފިއެވެ. ”ފުދިއްޖެ ފުނޑިއްޖެ“ ، ”ގާނޫނޫ އަސާސީގެ ދިފާއުގައި“ މިފަދަ ސްލޯގަންތަކާ އެއްވުންތަކުން ނުކުތް މާބޮޑު ނަތީޖާ އެއްނެތެވެ. ހަގީގަތަކީ ކުރީންވެސް މިބުނިހެން ސަރުކާރާ ރައީސް މުއިއްޒަށް ރައްޔިތުން އަދިވެސް އިތުބާރު އެބައޮތެވެ.

ރައްޔިތުންނަށް ރައީސް މުއިއްޒު ގެނެސްދެއްވާ ތަރައްގީ އެބަ ފެނެ އެވެ. ވެވަޑައިގެންނެވި ވައުދުތައް އެބަ ފުއްދަވައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ކަންތައްކުރިގޮތް ރައްޔިތުން އަދިވެސް ހަނދާން އެބަހުއްޓެވެ.ކަނޑުފަޅުން ގޯތި ކަނޑާފައި ދިން ހަނދާން ރައްޔިތުންނެއް ނުނެތެއެވެ. އެމްޑީޕީން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ވެރިކަމުގައި ހޭވި ހަޑިޔާ ޖެހި ސަކަރާތް އަދިވެސް ފެންނާން އެބައޮތެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން ވޯޓު ހޯދަންވެގެން ރަށްރަށުގައި ފުޓްސަލް ދަނޑު އަޅާށާއި މިނޫސްވެސް ކަންކަމަށް ކޮނުނު ވަޅުގަނޑުތައް އަދިވެސް ރައްޔިތުންނަށް ފެންނާން އެބައޮތެވެ. އެމްޑީޕީގެ މި ނާކާމިޔާބީއަކީ އެއީ އެވެ. ވެރިކަމުގައި ތިބެ ކުރި ކަންތައް ރައްޔިތުން އަދިވެސް ހަނދާނެއް ނުނެތެއެވެ.

ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބަށް ފަހު އެންމެ ގިނަ ބަޔަކު ވޯޓު ފަހަރެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ވޯޓަށް އެހި 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ލިބުނީ ޕީއެންސީއާށެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 2 ގޮނޑިއެވެ. އެއީ އދ. ހަންޏާމީދޫ އަދި ނ. މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 33 ގޮނޑިއަކަށް ވޯޓުލުން ހުޅުވާލާފައިވީ ނަމަވެސް، 21 ގޮނޑިއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމާ ގުޅިގެން އެ ކެންޑިޑޭޓުން ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބު ބޭއްވިފައިވަނީ 12 ރަށެއްގައެވެ. އޭގެ ތެރޭގައި 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!