ސިހުރު ހެދުމަށްފަހު ތ. ވިލުފުށި ކެފޭއެއް ކުރިމައްޗަށް އެއްޗެހިތަކެއް އެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ވިލުފުށީގައި ސިހުރު ހެދި މައްސަލައެއް ރޭ ދަންވަރު 12:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަންތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސިހުރު ހެދި އެއްޗެހި އެޅީ ކޮން ކެފޭއެއްގެ ކުރިމައްޗަށް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ސިހުރު ހަދާ މައްސަލަތައް ފުލުހުން ބަލަމުންދެ އެވެ. މިގޮތުން ބައެއް މީހުން ހައްޔަރުކޮށްގެން ވެސް މައްސަލަތައް ތަހުގީގުކޮށްފައިވެ އެވެ.
ގުޅުންހުރި ލިޔުންތައް