ބީއެމްއެލްއިން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި
ދެންމެ | 17 ފެބްރުއަރީ 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީގެ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިފިއެވެ.

މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އައު ޚިދުމަތް ފައްޓަވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އައު އޭޓީއެމްގެ ޒަރީއާއިން ކަސްޓަމަރުންނަށް 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބޭނެއެވެ.

މީގެ އިތުރުން، މި އޭޓީއެމް މެދުވެރިކޮށް އިތުރު ލުއިފަސޭހަ ޚިދުމަތްތަކެއްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

މި އައު ޑޮލަރު އޭޓީއެމްގެ އިތުރުން، ބީއެމްއެލްގެ ހިތަދޫ ބްރާންޗުގައި މިހާރުވެސް ދެ އޭޓީއެމް ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން އެއް އޭޓީއެމަކީ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަށް ޚާއްޞަކުރެވިފައިވާ އޭޓީއެމެކެވެ. އަނެއް އޭޓީއެމަކީ ހަމައެކަނި ފައިސާ ނެގުމަށް ބޭނުންކުރެވޭ އޭޓީއެމެކެވެ.

މި އައު ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އައްޑޫ ސިޓީގެ ރައްޔިތުންީގެ ރައްޔިތުންނަށާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. މި ޚިދުމަތުގެ ސަބަބުން އައްޑޫ ސިޓީގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހަލުވިކަމެއް ލިބި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!