މެމްބަރުން ކިޔަވަން ނިންމާފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ އިންނެވެ. މި ކޯހުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ.
މި ކޯހުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިންގެ އިތިރުން ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުން ވަނީ ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހަިމް އަބްދު ﷲ ވިދާޅުވީ މެމްބަރުންނަށް ކޯހެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ޤާބިލު މެމްބަރުންތަކެއް ތިބި ތަނަކަށް ހެދުމަށްކަމަށެވެ.
ޔުނިވާސިޓީއަށް ކިޔަވަން ދާ ބައެއް މެމްބަރުން
މި ބައްދަލުވުމުގައި ކޯހުގައި ކިޔެވުމަށް އެންރޯލްވި މަޖިލީހުގެ މެމްބަރުންނަށް ކޯހާ ބެހޭ ގޮތުން އަދި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދިނެވެ.