ސިލްސިލާކޮށް މާރާމާރީ ހިންގާ ބަޔަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ތިން މީހެކެވެ.
އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ފިރިހެނަކާއި 27 އަަހަރުގެ ފިިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިިރިހެނެކެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ނެވެ.
އެ ތިން މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ އެންމެންނަކީ ވެސް ސިލްސިލާކޮށް މާރާމާރީ ހިންގައި މާރާމާރީ ހިންގާ ގްރޫޕްތަކަށް ނިސްބަތްވާކަމުގެ ހެކި ހުށަހަޅާފައި މީހުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ހަތް ދުވަހަށް އަދި އަނެއް މީހާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވަން ސަރުކާރުން މިހާރު ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު އެ ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމިޓީގަ އެވެ.