މިހާތަނަށް ޖުމުލަ 15,000 ގޭބިސީއަށް މަސްދަޅު ކޭސް ބަހައިފި
ދެންމެ | 24 ފެބްރުއަރީ 2025

މިހާތަނަށް ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް މަސްދަޅު ކޭސް ބަހައިފި ކަމަށް އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާތަނަށް 15،000 ގޭބީސީއަށް މަސްދަޅު ކޭސް ބަހާފިކަމަށާއި މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހައާއެކު ކަންކަން ކުރިޔަށްދާކަން ވަޒީރު ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ. ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނަނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވާ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މާލެ ސަރަހައްދުގައި މަސް ދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!