މަސާޖް ޕާލާއެއް ދަށުވެ، މުޅި ސުޕްރީމް ކޯޓް ހަފުސް ވެއްޖެ!
ދެންމެ | 27 ފެބްރުއަރީ 2025

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އިޒުމެރަލްދާގެ ލޮބުވެތި ފިރިކަލުން ގައި މޮޑޭ މަސާޖް ޕާލާއަކަށް ވަދެ އޮށްވައި ފުލުހުން އޭނާ ހައްޔަރުކުރި އެވެ.

ފިރިކަލުން ސަލާމަތް ކުރަން މުޅި ސުޕްރީމް ބެންޗާއި މުވައްޒަފުން ބޭނުން ކުރި ވާހަކައަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް އެކަމުގައި އުޅުނު ކަމަށް ބުނާ ފަނޑިޔާރުން ބުނާކަށް ނުކުރެ އެވެ.

ފަނޑިޔާރު އަޒްމަރައިދާގެ ލޮބުވެތި ފިރިކަލުން ހަށިއްކާ ނާސީގެއަކުން ނެރުނު ވާހަކައަކީ ދައްކާލަން ހުތުރު ވާހަކައެކެވެ.

ފަނޑިޔާރު އަޒްމަރައިދާގެ ފިރިކަލުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހަށިވިއްކާ ތަނަކުން ނޫން ކަމަށް މިހާތަނަށް ވިދާޅުވެފައިނުވެ އެވެ. ފިރިކަލުން އެފަދަ ތަނަކުން ހައްޔަރުކުރުމުން މަގާމް ނުފޫޒު ބޭނުންކޮށްގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރުދެއްކުމަކީ އަދި މާ ހުތުރު ކަމެކެވެ.

މިކަމުގެ ތަފްސީލްގައި ގިނަ ވާހަކަތަކެއް ހިމެނުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ މިކަމުގެ ހުރިހާ މައުލޫމާތުން ރައްޔިތުންގެ ތެރެއިން ކުދި ބޮޑު އެންމެންނަށް އިނގޭތީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!