މީރުކޮށް ކައްކައިގެން ކެއުމުން ވެސް ޘަވާބު ލިބޭ!
ދެންމެ | 03 މާރޗް 2025

ޘަވާބު އިތުރުކުރަން ވިސްނާ މީހާ ހަމައެކަނި ސަމާލުކަންދޭންވީ މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ކުރާ އަޅުކަމަކަށް ނޫނެވެ. އެއްވެސް ޝައްކެއް ނެތެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރަމުން ދެން ކުރަން އޮތީ މާފަސޭހައިން ކުރެވެން ހުރި ކަންކަމެވެ. ދެމަފިރިންވެސް ނިކަން މިކަންކަމަށް ސަމާލުކަން ދީބަލާށެވެ!

ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ހެޔޮ އަމަލުތައް މަދުވެ ނަރައިން ސަލާމަތްވުމަށްޓަކައި އެންމެ ޘަވާބަކަށް އެދިވެސް ސަލާންޖަހަމުން ދުވަން ޖެހޭނެ ދުވަހެވެ. ވީއިރު މިފަދަ ކަންކަމާއިމެދު އިތުރަށް ވިސްނައިލުން ކީއްހެއްޔެވެ؟ ﷲ ތަޢާލާ މިވަނީ ޘަވާބު އިތުރުކުރެވޭނެ ވަރަށް ގިނަ މަގުތައް ފަހިކޮށްދެއްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

ގޭގައި ކައްކާނެ ތަކެތި ގަންނައިރު ބަލަންޖެހޭނީ ބާޒާރަށް ދިއަ ފިރިމީހާއަށް މީރުތަކެއްޗަށް އެކަންޏެއް ނޫނެވެ. ތިމާއަށް މީރުތަކެތި ގަންނަ ފަދައިން އަނބިމީހާއަށް މީރުތަކެތިވެސް ގަންނަންވާނެއެވެ. މިޒަމާނުގައި އެކަންކުރަން އެންމެ ރަނގަޅު ގޮތަކީ ދެމަފރިން އެކުގައި ގޮސް ބާޒާރުކުރުމެވެ.

 

Narrated Sa’d bin Abi Waqqas:

Allah’s Messenger (ﷺ) said, ”You will be rewarded for whatever you spend for Allah’s sake even if it were a morsel which you put in your wife’s mouth.“

Saheeh Bukhari : 56

 

ލޮބުވެތި އުޚުތުންނޭވެ! ފިރިމީހާއަށް ހަދިޔާއެއް ދިނުމަކީ ހަމައެކަނި އެއްޗެއްގަނެފައި ދިނުމެއް ވެސް ނޫނެވެ. ކައްކައިދޭ ކާއެތިކޮޅު މީރުކޮށް ކައްކައިދިނުމަކީވެސް ދެވޭ ހަދިޔާއެވެ. ހަމަ އެފަދައިން ގޭގައި ކައްކަން ތަކެތި ގަންނައިރު އަނބިމީހާއަށް މީރުވާނެ ތަކެތި ގަނެގެން ގެންގޮސް ދިނުމަކީ އަނބިމީހާއަށް ދެވޭ ހަދިޔާއެކެވެ. އަދި ދެކަމަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ޘަވާބުވެސް ލިބޭނެ ކަންކަމެވެ. ވިސްނާލައިފިނަމަ މިހިރީ ޢާއިލީ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ތެރެއިންހިމެނޭ، އެކަންކަން ކުރުމުގައި ސަމާލުކަން ދިނުމުން ދުނިޔެއާއި ޢާޚިރަތުގައި ފައިދާކުރާނެ ކަންކަމެވެ.

ޢާންމު ދިރިއުޅުމަށް ބަލާއިރު މަދުން ނޫނީ ގޭގައި ކައްކަނީ އަނބިމީހާއެވެ. އެއީ އަނބިމީހާ ކޮންމެ ދުވަހަކުވެސް ކުރާ ކަމެކެވެ. މިއޮތީ އެކަމުގެ ތެރެއިންވެސް އިތުރަށް ސަވާބު ހޯދޭނެކަން އެނގޭށެވެ. ހަމަ އެއާއިއެކު ގެއަށް ބޭނުންވާތަކެތި ގަތުމަކީ ޢާންމުގޮތެއްގައި ފިރިން ކުރާ ކަމެކެވެ. ފިރިންނަށް ކުރަންވެސްޖެހޭ ކަމެކެވެ. މިއޮތީ އެކަމުގެ ތެރެއިންވެސް އިތުރަށް ސަވާބު ހޯދޭނެ މަގެވެ.

ނަޞޭޙަތަކީ ކުރާ ކޮންމެ އަމަލެއްވެސް އެ ޢަމަލެއް ކުރުމުން ޘަވާބު ދެއްވަވާނެ ގޮތަށް ކުރަން މަސައްކަތްކުރުމެވެ.

 

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!