ބާޒާރުގައި މިރުހުގެ އަގު ރާސްލާފައި ވަރަށް ބޮޑަށް ދަށްވެއްޖެ
ދެންމެ | 07 މާރޗް 2025

ބާޒާރުގައި މިރުހުގެ ލިބެންހުރި މިންވަރު އިތުރުވެ، އަގުތައް ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

ރޯދަ މަސް ފެށުނުއިރު 100 ގްރާމް މިރުސް ވިއްކަމުން ދިޔައީ 35 ރުފިޔާއަށެވެ. ނަމަވެސް، މިހާރު 100 ގުރާމު މިރުސް ލިބެން ހުރީ 15 ރުފިޔާއަށެވެ. މިއީ ހަފްތާއެއްހާ ދުވަސްތެރޭ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ މިންވަރެކެވެ.

ކުރީ އަހަރުތަކުގައި ރޯދަ މަހަކީ މިރުހުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރަކަށް ވުމާއެކު، އަގުތައްވެސް އިންތިހާއަށް އުފުލިގެން ދިޔައެވެ. އެގޮތުން ބައެއް އަހަރުތަކުގައި 100 ގްރާމް މިރުސް 80 ރުފިޔާއަށް ވިއްކާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިއަހަރު ތަފާތެވެ.

ރޯދަ މަހުގެ ކުރިއަށް ހުރި ދުވަސްތަކުގައިވެސް މިރުހުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމަކަށް ނުބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!