ރައީސް ޑރ. މުއިއްޒު: ރޯދައަށް ދިވެހިންނަށް އުފާވެރިކަން ދެއްވި މަދަދުގާރު!
ދެންމެ | 08 މާރޗް 2025

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ އެންމެ މުގަސްދަސް ބަރަކާތުން ފުރިގެންވާ މަސްވަރަކެވެ. އިސްލާމްދީނުގައި ހާއްސަ އަހުމިއްޔަތެއް އެމަސްވަރަކަށް ދެއްވާފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެމަސްވަރަކީ ކީރިތި ގުރުޢާން ބާއްވައިލެއްވި މަތިވެރި މަސްވަރެވެ. އެއީ އެއްހާސް މަސްވަރަށް ވުރެ ހެޔޮކަން ލިބިގެންވާ ރެއެއް އެމަސްވަރެއްގައި ހިމެނިފައިވާ މަސްވަރެވެ.

ދިވެހި އިސްލާމީ އުންމަތަށް ރޯދަމަހުގެ އުފާވެރިކަމާއި ތަލަސްލީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ގެނެސް ދެއްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ވޭތުވެގެންދާ ކޮންމެ ރޯދަ މަހަކީ ދިވެހިންގެ މޫނު މަތިން އުފާވެރިކަން ގެނެސްދޭ ރޯދަ މަހަކަށް އެމަނިކުފާނު ހައްދަވައި ދެއްވައިފި އެވެ.

ދިވެހި ދައުލަތުން ފުރަތަމަ ފަރަށް ރައްޔިތުންނަށް ހަދިޔާ ބައްސަވަން ފައްޓަވައިފި އެވެ. ކަރަންޓް ބިލާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދެއްވައި ރައްޔިތުންގެ ޖީބުތަކަށް ލުއި ދެއްވައިފި އެވެ. ރޯދަމަހުގެ ފުރިހަމަ ސަވާބު ހޯދުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން ރޯދަ މަހުގެ ފަހު ދިހަ ސަރުކާރުގެ ބަންދު ކުރައްވައި ރައްޔިތުންނަށް އަޅުކަމުގައި މަސްއޫލު އުޅެވޭނެ މަގު ތަނަވަސް ކޮށްދެއްވައިފި އެވެ.

ރައީސް ޑރ. މުއިއްޒުގެ ފުރިހަމަ އިރުސާދުގެ ދަށުން ރޯދަމަހުގެ ސަވާބާއި ދަރުމަ އިތުރު ކުރުމުގެ ގޮތުން ދީނީ ޕްރޮގްރާމްތަކާއި ދަރުސްތަކާއި އިހްޔާ ކުރުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރައްވައިފި އެވެ.

ރޯދަމަހަށް ދިވެހި އިސްލާމީ އުންމަތަށް އުފާވެރިކަން ގެނެސް ހަމަޖެހޭ ހާސްކަމެއް ނެތް ދިރިއުޅުމަކަށް ރައްޔިތުން ގެންގޮސް ދެއްވުމަށް އެމަނިކުފާނު ކުރައްވާފައި ވަނީ ތައުރީފް މަސައްކަތެއް ކަން ޔަގީނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!