އަޒްމިރަލްދާ އެވެ! އޮއިލް މަސާޖަކަށް ސުޕްރީމް ކޯޓް ވައްޓާނުލައި އިސްތިއުފާ ދެއްވާ!
ދެންމެ | 11 މާރޗް 2025

ސްޕްރީމް ކޯޓަކީ ކޮންމެ ގައުމެއްގައި ވެސް އެންމެ ގަދަރު އުފުލިގެންވާ މުގައްދަސް ރަމްޒެވެ. ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ހައިބަވަންތަ އިދާރާ އެވެ. މިކަމުގައި ވަކި ގައުމެއް އިސްތިސްނާވެގެން ނުދެ އެވެ.

މިދިވެހި ގައުމުގައި ވެސް ސްޕްރީމް ކޯޓް ހައިބަތަކީ ވެއްޔާއި މޮޑެ ފުޑުފުޑު ކޮއްލެވޭނެ ހައިބަތެއް ނޫނެވެ. ވަކި މީހަކަށް ވުރެ ގައުމުގެ ކަރާމާތާއި ސުޕްރީމް ކޯޓު ގަދަރު މިގައުމުގެ ރައްޔިތުންނަށް މުހިއްމެވެ.

ލޯބިވާ ފަނޑިޔާރު އަޒްމަރަލްދާ އެވެ. ކަމަނާގެ އަމިއްލަ މަސްލަހައްޓަކައި މި ލޮބުވެތި ގައުމުގެ މުގައްދަސް ބިނާ ފާނާކޮށްނުލައްވާށެވެ. އިސްތިއުފާ ދެއްވާށެވެ.

މުޅި ރައްޔިތުންގެ މެދުގައި ގަދަރު އުފުލިގެންވާ މަގާމެއްގައި ހުންނަވައިގެން ކަމަނާ ކަސްބީ އަންހެނެއްގެ ގައިމޮޑުމުގެ ކުޅިގަނޑުގެ ތެރެއަށް ގައުމުގެ ސުޕްރީމް ކޯޓް ވައްޓައި ނުލައްވައި އިސްތިއުފާ ދެއްވާށެވެ.

ފަނޑިޔާރު އަޒްމިރަލްދާއަށް ގޯސް ހެއްދެވިއްޖެ އެވެ. ލޯބިވާ ފިރިމީހާގެ ދިފާއުގައި މަސައްކަތް ކުރުމަކީ ގޯހެއް ނޫނެވެ. ގައިމޮޑުމާއި ތެޔޮ ދެމުމަކީ ވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ތިފަދަ މަގާމެއްގައި ހުންނަވައިގެން ކަސްބީއެއްގެ ކިބައިން ފިރިކަލުން ސަލާމަތް ކުރަން ނުފޫޒުގެ ބޭނުންކޮށް, ފަޅައިއަރައި ބޭޒާރުވުމުން އިސްތިއުފާ ދެއްވާށެވެ.

ދިވެހި ގައުމުގެ ދުސްތޫރުގެ ބެލެނިވެރި ފަރާތުގެ ފަނޑިޔާރަކު ކައިރި އަވައްޓެރި ބެންކޮކް ކަސްބީ އަންހެން ކުއްޖެއްގެ ފުށުން ފިރިކަލުން ސަލާމަތް ކުރަން ތެޅިފޮޅެން ޖެހުމަކީ ބިރުވެރި ރަނގަބީލެވެ.

ދިވެހި ގައުމުގެ ދުސްތޫރީ ކުންނުގެ ފަނޑިޔާރުކަމުގެ މަގާމްގައި އަޒްމިރަލްދާ ހުންނަވައިގެން ކުރެއްވި ހިދުމަތަށް ދިވެހި ގައުމު ސުކުރުވެރިވެ އެވެ. އެހެންނަމަވެސް މިއަދު ތިޔަ ވަނީ ރައްޔިތުންގެ ހިތުގައި ކަމަނާގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދިފަ އެވެ. ކަމަނާއަށް ޖެހިފައިވާ ގިލަންވެރިކަމެއްގެ ކުޑަ ބޮޑުމިނެއް ނޭނގުނުކަމުގައި ވީނަމަވެސް މިއަދު ކަމަނާ ތިވަނީ ތާއްޓެއް އަރާފަ އެވެ.

އަޒްމިރަލްދާ އެވެ. ގައުމުގެ ހައްގަށްޓަކައި އިސްތިއުފާ ދެއްވާށެވެ.!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!