އެސްއެމްއީ ބޭންކުގެ އެމްޑީގެ މަގާމުން ފިފްސީން ވަކިކޮށްފި
ދެންމެ | 15 މާރޗް 2025

އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ފިފްޝީން ވަކިކޮށްފިއެވެ.

ފިފްޝީން މަޤާމުން ވަކިކޮށްފައިވާކަން ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ހާމަކުރައްވާފައެވެ. ޕީސީބީއިން ވިދާޅުވީ އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މއ. ސީރާޒީގެ، ޢާއިޝަތު ފިފްޝީން ޢަލީ މިއަދު އެ މަޤާމުން ވަނީ ވަކިކޮށްފައިވާކަމަށެވެ.

ފިފްޝީން އެ މަޤާމަށް އައްޔަންކޮށްފައިވަނީ 2024ވަނަ އަހަރުގެ ޖަނަވަރީމަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!