ޗައިނާއިން އުފެއްދި އެއްޓަނު އުފުލޭ ކާގޯ ޑްރޯން ޓެސްޓުކޮށްފިއެވެ.
ޗައިނާގެ ޔިޓޮން ޔޫއޭވީ ސިސްޓަމް ކޯ އިން އުފެއްދި އެ ޑްރޯންގެ ފުރަތަމަ ޓެސްޓު ދަތުރު ކާމިޔާބުކަމާއެކު ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އެއް ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިފައިވާ އެ ޑްރޯން އޮޕަރޭޓު ކުރާ ޕައިލެޓުން ތިބެނީ އޮޕަރޭޝަން ސެންޓަރުގައި ކަމަށާއި ޑްރޯންގެ އެންމެ ބޮޑު މަގުސަދަކީ ދުރު ސަރަހައްދުތަކަށް ބަރު ކާގޯ ގެންދިއުން ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގެ ޝަންޑޮން ޕްރޮވިންސުގައި މިދިޔަ ހޮނިހިރު ދުވަހު ކުރި އެޓެސްޓު ފްލައިޓު ކަމިޔާބުވެފައިވާއިރު އެ ޑްރޯންގެ ދެ މޮޑެލެއް އުފެއްދުމުގެ މަސައްކަތް ޔިޓޮން ޔޫއޭވީ ސިސްޓަމް ކޯ އިން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އެ ޑްރޯނަށް މިހާތަނަށް 30 އޯޑަރު ލިބިފައިވާކަމަށާއި މިހާރު ކުރިޔަށް ދާ ޓެސްޓުތައް ނިމި އެ ޑްރޯނަށް ހުއްދަ ލިބޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅު ކަމަށް އޮފިޝަލުން ބުނެއެވެ.