އީރާނުގެ އިންޒާރު އެމެރިކާއަށް: ހަމަލޭ ދީފިނަމަ މުޅި ދުނިޔެ ހަނގުރާމައަށް ވައްޓާލާނަން: ހާމަނާޢީ
ދެންމެ | 21 މާރޗް 2025

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ދީފައި ވަނިކޮށް، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެ ގައުމަށް ވަރުގަަދަ އިންޒާރު ދީފިއެވެ.

”އެމެރިކާއިން އަޅުގަނޑުމެންނަށް ހަމަލާދީގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ“. ލީޑަރު ވިދާޅުވިއެވެ.

”އެ މީހުން [އެމެރިކާ] އަދި އެހެން މީހުންނަށް ވެސް އެނގެން ޖެހޭނެ އީރާނަށް ގެއްލުންވާ ފަދަ ކަމެއް ކޮށްފިނަމަ އެމީހުންނަށް ހަރުކަށި ހަމަލާއެއް ލިބޭނެކަން،“ ޓީވީ މެދުވެރިކޮށް ދެއްވި ލައިވް ތަގުރީރުގައި އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވިއެވެ.

ލީޑަރު މިގޮތަށް ވިދާޅުވެފައި ވަނީ ޔަމަނުގައި ހޫތީން ފޮނުވާ ”ކޮންމެ ހަމަލާއަކީ“ އީރާނުން ދިން ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!