މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރެއްވި ނަމަވެސް ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ އިއުލާނު ކުރައްވައިފި އެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.
ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވާފައި ނުވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ.
ގުޅުންހުރި ލިޔުންތައް