އެމެރިކާގެ ފަހުގެ މުހްލަތު ހޮނިހިރަށް، އީރާނުން ހަނގުރާމައަށް ފުރިހަމައަށް ތައްޔާރު ވެއްޖެ
ދެންމެ | 08 އޭޕްރިލް 2025

އީރާނަށް އޮތީ ސީދާކޮށް ވާހަކަ ދެއްކުންކަމަށް ބުނެ ޓުރަމްޕްގެ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ނިއުކްލިއާ މުއާހަދާގެ މައްޗަށް އެމެރިކާއިން ބޭނުންވާ ގޮތަށް އީރާން ކުޑަ ކަކޫ މައްޗަށް ތިރިކުރުމަށް ކުރަމުންދާ މަސައްކަތް މިހާރު ވަނީ ހަނގުރާމައެއްގެ އޮޅިގަނޑުގައެވެ.

ރޭގައި ވައިޓްހައުސްގެ އޯވަލް ރޫމްގައި ޔަހޫދީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކު ނޫސްވެރިންނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ޓުރަމްޕް ވަނީ ނުސީދާކޮށް އީރާނާ ވާހަކަ ނުދައްކާނެ ކަމަށާއި ބޭނުންވަނީ އަދި ވާހަކަ ދައްކަން ޖެހޭނީވެސް ސީދާކޮށް އެމެރިކާއާކަމަށް ވަނީ ބުނެފައެވެ. އެއްވެސް މެދުވެރިއެއް ބޭނުމެއް ނުކުރެވޭނެކަމުގައެވެ. އެހެން ނޫނީ ވަރަށް ވަރަށް ނުރައްކާ ވާނެ ކަމަށެވެ. މިކަމަށް ޔަހޫދީ ބޮޑުވަޒީރު ވަރަށް ބޮޑަށް ޓުރަމްޕަށް ވަނީ ޕުރެޝަރކޮށް އީރާނަކީ ލިބިޔާފަދަ އެއްވެސް ބާރެއް ނެތް ފަސޭހައިން ތަންތަނަށް އަރާ ހަލާކުކޮށްލެވޭ ކަހަލަ ގައުމަކަށް ހަދާލާށެވެ. ނަމަވެސް އީރާނުން ވަނީ އެކަމަށް އިންޒާރު ދީ ރައްދު ދީފައެވެ.

އީރާނުން ބުނެފައިވަނީ އެމެރިކާއާއެކު ހެދޭ އެއްބަސްވުންތަކާއި އެކުލަވާލާ މުއާހަދާ ތަކަކީ ބޭކާރު މާނައެއް ނެތް އެއްޗެއް ކަމަށެވެ. ސީދާކޮށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުން ސީދާ ވާހަކަ ދެއްކުމަކަށް ނުދާނެކަމުގައެވެ. އޮމާން މެދުވެރިކޮށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި އީރާނުން ބޭނުންވާ ގޮތް އޮންނާނީ ހާމަކޮށް ބުނެދީފައިކަމުގައި ވަނީ ބުނެފައެވެ.

އީރާނުން އެމެރިކާއިން ބޭނުންވާހާ ގޮތަކަށް ނުހަދާނެ ކަމަށާއި އީރާނަށް ވެސް ހައްގުތަކެއް ލިބިފައިވާކަމުގައި ބުނެ އެސިޓީގައި ވާނެކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާ ބޭނުންވަނީ އީރާނަކީ އެއްވެސް ބާރެއް އަމިއްލަ ދިފާއުގައި ކުޑަމިނުން ބަސްވެސް ނުބުނެވޭ ގައުމަކަށް ހަދާލުމަށެވެ. އީރާނުން ތިބީ ދޫދޭކަށް ނޫނެވެ.

އެމެރިކާގެ ކޮންމެ އިންޒާރަކަށް އީރާނުން ވެސް ދަނީ އިންޒާރުތަށް ދެމުންނެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއިން ބޭނުން ނަމަ ބޮން އަޅާ ހަނގުރާމަ ފަށަންވީ ކަމުގައެވެ. އެމެރިކާ ކިތަންމެ ބާރުގަދަ ކަމުގައި ވީނަމަވެސް ކުޑަވެސް ދުލެއް ނުދީ ހަމަލާ ދޭނެކަމަށެވެ. އީރާނުގެ އަތްދަށުގައި ނުވަތަ މިސައިލްތަށް ފޯރާ ފަށުގައި އެމެރިކާގެ ބައިލައްކަ ސިފައިން ވާކަން ހަނދާ ނައްތާ ނުލުމަށް އެމެރިކާއަށް ވަނީ އިންޒާރު ދީފައެވެ. ހަމަލާ ދީފިނަމަ ގަލްފު ސަރަހައްދުގައި ހުރި، ހުރިހާ އެއަރ ބޭސްތަށް ހަމަ ފުނޑުފުނޑު ކޮށްލާނެކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއަށް ފަހު ރަތް ކަނޑާއި ގަލްފު ސަރަހައްދުގައި އެމެރިކާގެ އެއްވެސް އަސްކަރީ މަނަވަރަކަށް މަޑުކޮށްލައިގެން އޮވެވޭނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު މޮޔަކަމެކެވެ.

ހަބަރުތަށް ބުނާގޮތުން ޓުރަމްޕް އީރާނަށް ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މިއަންނަ ހޮނިހިރު ދުވަހެވެ. އެދުވަހަށް ފަހު ވާގޮތަކުން ހަނގުރާމަ ފެށިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އީރާނުން މިހަނގުރާމަ އަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމުގައި އީރާނުގެ އިންގިލާބީ ލަސްކަރުގެ އިސް އޮފިޝަލުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މިހާރު އީރާނުން ވަނީ ހޮރުމޯޒް ކަނޑުއޮޅި ކައިރީ ތައްޔާރީ ހާލަތުގައި ގާދިރު ނަމަކަށް ކިޔާ ޖޭމިންގ ސިސްޓަމެއް ބަހައްޓާ އެ ޓެސްޓު ކޮށް ކަނޑާއި ވައިގެ ވަރަށް ބޮޑު ސަރަހައްދެއް ޖޭމިންގ ކޮށްލާފަ އެވެ. މި ސިސްޓަމުން އެމެރިކާގެ ރާޑަރަށް ނާރާ ވައި ގެ ސުޓެލްތް ޖެޓްތަކާއި ބޮން އަޅާ ބޯޓްފަހަރުވެސް އަރާކަމަށް ވަނީ އެނގިފައެވެ. އީރާނުގެ އަތުގައި އޮތް އެންމެ ބޮޑު ބާރަކީ ހައިޕާސޮނިކް ޓެކްނޮލޮޖީގެ ބާރެވެ. އީރާނުން އެޓޮމް ބޮން އުފައްދައިފިނަމަ ދުނިޔޭގެ ބާރަކާ އަޅުވާ ކިޔާ ނަމަ ފުރާންސަށް ވުރެވެސް ބާރުގަދަވީއެވެ. މިއީ ދުނިޔޭގެ މަސްރަޙް ދިރާސާކުރާ އަދި ތަހުލީލުތައް ކުރާ ތަޖުރިބާކާރުންގެ ބަހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!